ހއ.އުތީމު ބޮޑުތަކުރުފާން ހަނދާނީ މަރުކަޒު އަޕްގްރޭޑްކުރުން
އައިޑީ:
ISLES/0679
މަޝްރޫއުގެ ސްޓޭޓަސް:
ހިނގަމުންދަނީ
ސްޓޭޓަސް ތަފްޞީލް:
އހ.އުތީމު ގަޑުވަރުގެ އަށިގެ ފަންލުން ވަނީ ނިމިފައި. ބީ.އެމް.ސީގެ އިމާރާތުގެ ކަރަންޓް 3 ފޭސް އަށް ބަދަލު ކޮށް އެމަސައްކަތް ވަނީ ނިމިފައި. ބީ.އެމް.ސީ އަޕްގްރޭޑް ކުރުމުގެ ކޮންސެޕްޓްގެ މަސައްކަތް ނިމިފައި. އޮފީސް ހިންގާ އިމާރާޓުގެ ޑޯރކޮލޯސާރ ހަރުކޮށް ނިމިފައި. ބީ.އެމް.ސީ އަދި އހ.އުތީމު ގަޑުވަރުގެ ގޯތި ތެރޭ ވެލިލުމުގެ މަސައްކަތް ވަނީ ނިމިފައި. އހ.އުތީމު ގަޑުވަރުގެ އެސެސްމަންޓްގެ މަސައްކަތް ވަނީ ނިމިފައި. ބީ.އެމް.ސީ އިމާރާތުގައި ފަޔާރ އެސްޓިންގްއިޝް ހަރުކޮށް އެމަސައްކަތް ވަނީ ނިމިފައި. ބީ.އެމް.ސީ ކޮންސެޕްޓާއި އެއްގޮތަށް ސްޓަރަކްޗުރަލް އެންޑް އާރކިޓެކްޗަރަލް ކުރެހުން ކުރަހައި ވަނީ ނިމިފައި. މި ޕްރޮޖެޓްގެ ކޮންސަލްޓެންސީ މަސައްކަތްތައް ކުރިއަށްދަނީ. ސްޓަރަކްޗުރަލް އަދި އާރކިޓެކްޗަރަލް ކުރެހުމާއި އެއްގޮތަށް ބައެއް ތަރައްގީގެ މަސައްކަތްތަކެއް (އެއް އެޕާޓްމަންޓް ބްލޮކް މަރާމާތު - 4 ކޮޓަރި) ކުރުމަށް ވަނީ އިޢުލާން ކުރެވި 2 ޑިސެމްބަރ 2020 ވަނަ ދުވަހު ބިޑް ލިބުނު ފަރާތާއި ވަނީ މަސައްކަތް ހަވާލުކުރެވިފައެވެ.
ފަންޑިންގ:
- ޑޮމެސްޓިކް ބަޖެޓް ( ދިވެހި ސަރުކާރު )
2021 ގެ ބަޖެޓް :
3,000,000.00 ރ
2022 ގެ ބަޖެޓް :
2,250,000.00 ރ
އެންމެފަހުން އަޕްޑޭޓްކުރި: 4 މޭ 2021

ރަށްތައް

ރަށް ބަޖެޓް (ރުފިޔާ)
1 ހއ. އުތީމު 10,709,729.00
10,709,729.00